އޭޓީއެމްއިން މިހާރު ފައިސާ ލިބޭނީ ކޭޝް ކާޑު ނެގުމުން!

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އޭޓީއެމްތަކުން މިހާރު ފައިސާ ލިބޭނީ ކޭޝް ކާޑު ނެގުމުން ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން ބުނީ މިގޮތަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ފީޑްބެކަށް ބަލައިގެން ކަމަށެވެ.
އެގޮތުން އޭޓީއެމްތަކުގައި ހަނދާނެތި ކާޑު ޖަހާފައި ބެހެއްޓޭ މައްސަލައަށް މިކަމުން ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ