ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިން އެ ކޯޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކޮށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
މިމައްސަލަ އިއްޔެގެ ވަގުތެއްގައި ޖޭއެސްސީއަށް ހުށަހެޅީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފެކެވެ.
ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސްކޮށް ޖޭއެސްސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަދުނާން ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަނީ ވަޒީފާގެ ބިރުވެރިކަމާއި ސިހުރުގެ ބިރުވެރިކަން ދައްކައިގެން ކަމަށެވެ.
އޮފީހުގައި އަދުނާނު ބޭނުންކުރައްވާ ކޮމްޕިއުޓަރު ބޭނުންކޮށްގެން މީގެކުރިން ވެސް މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކަށް ފެންނަ ގޮތަށް އޮރިޔާން ވީޑިއޯ އެޅުވި މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު އަދުނާންގެ މަގާމުގެ ނުފޫޒާއި ބާރުގެ ސަބަބުން އެމައްސަލަ ވަކި ހިސާބަކުން ހުއްޓިފައިވާ ކަމަށްވެސް ސިޓީގައިވެ އެވެ.
މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު އެކޮމިޝަނުން މިހާރު ދަނީ ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސައިގެ މައްސަލަތަކެއް ވެސް ބަލަމުންނެވެ.
މާކުރަތު ކޯޓުގެ ގާޒީ އަދުނާން ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ޖޭއެސްސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ