ޕީޕީއެމްގެ ކޮންގްރެސްގައި ވާދަ ކުރާ ފަރާތްތަކަށް އެޕާޓިގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު މިއަދު ދެއްވި ފަރީކޮޅަށް ވަޑައިނުގެންނެވުނީ ބުރަ ކަމުން ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.                         
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ފަރީކޮޅަށް ވަޑައިނުގެންނެވުނީ ޓީމު އުމަރުން ތާއިދު ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ ޖަލްސާ އިންތިޒާމު ކުރުމުގެ މަސައްކަތްތަކުގައި އުޅެން ޖެހުމުން ކަމަށެވެ. 
ރާންބާ ރެސްޓޯރެންޓުގައި ޕީޕީއެމްގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރެވޭ އެކިއެކި މަގާމްތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ޝަރަފުގައި މައުމޫން ދެއްވި ފަރިއްކޮޅަށް ގިނައިން ގޮސްފައިވަނީ ޕީޖީ ލީޑަރު އަބުދުﷲ ޔާމީންގެ ޔަގީން ޓީމުގައި ހިމެނޭ މެމްބަރުންނެވެ. 
ފަރީކޮޅުގައި ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 
ފަރިއްކޮޅަށް ފަހު މީޑިއާއަށް މައުލޫމާތުދެމުން ޔާމީން ވިދާޅުވީ ރައީސް މައުމޫން މިގޮތަށް ފަރިއްކޮޅެއް ދެއްވުމުން ޕާޓީގެ އެތެރޭގެ މަސްލަހަތަށް ފުށުއަރާފާނެކަމަށް ނުވަތަ އެއްވެސް ގެއްލުމެއް ވެދާނެ ކަމަކަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ޓީމް ޔަގީންގެ ބޭފުޅުން އެފަރިއްކޮޅުން ގިނައިން ފެނިފައިވީ ނަމަވެސް އެހެން ބޭފުޅުންވެސް އެފަރިއްކޮޅުން ފެންނަކަމަށާއި ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު ދީފައިވާ ކަމަށެވެ.  
އަދި ޓީމުތަކަކަށް ބެހިގެން މަސައްކަތްތައް ހިނގަނީ މަދު ގޮޑި ތަކަކަށް ގިނަ ބަޔަކު ކުރިމަތި ލާފައިވުމުން ކަމަށާއި އެހެންވުމުން ބައިއެޅުންތަކެއް އެޅޭނެ ކަމަށާއި އެކަމަކު އެއީ ޕާޓީގެ އެތެރޭގެ ސިޔާސަތައް އަސަރެއް ފޯރާނެ ކަމެއް ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
    
    ފަރީކޮޅަށް ނުދެވުނީ އެވަގުތު ބުރަވުމުން: އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            