މެމްބަރު އިލްހާމްގެ ގަައިގައި މީހަކު އެއްޗަކުން ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު ރޭ ސައިކަލްގައި ވަޑައިގަންނަވަނިކޮށް، މީހަކު އޭނާގެ ގައިގައި އެއްޗަކުން ޖަހައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ގާބުރިއެއް ކަހަލަ އެއްޗަކުން އިލްހާމްގެ ގައިގައި ޖެހީ، ރޭ މެންދަމު 3:30 ހާއިރު އޭނާ އަމީނީ މަގު، ޣިޔާސުއްދީން ސްކޫލް ކައިރިން ދުއްވާފައި ވަޑައިގަންނަވަނިކޮށެވެ. އޭއީ މީހަކު އެއްލި އެއްޗެއް ކަމަށް ބެލެވޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. "އެކަމާ ގުޅިގެން އިލްހާމަކަށް މާބޮޑު އަނިޔާއެއް ނުވޭ. އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ރޭ ވަގުތުން ވަނީ ދޫކޮށްލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލަ އަންނަނީ ތަހްގީގުކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ