ސިފައިންގެ އާއިލީ ހަވީރު މިއަދާއި މާދަމާ ވެސް ބާއްވާނެ

ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އިއްޔެ އާއިލީ ހަވީރެއް ބާއްވާފައި ވާއިރު މިއަދާއި މާދަމާ ވެސް އެ ހަރަކާތް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ. އެމްއެންޑީއެފުން ބުނީ ސިފައިން މި ހަވީރު، މިއަދު ހަވީރު 4- 6އަށް ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ. އެތަނުން ބުނިގޮތުގައި ކުޑަކުދިންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތުގެ މުއްދަތު އިތުރު ކުރުމަށް ނިންމީ ގިނަ ބަޔަކު އެކަމަށް އެދިފައިވާތީ އެވެ. އިއްޔެ ބޭއްވި އާއިލީ ހަވީރު ހުޅުއްވައިދެއްވުމަށް ފަހު، ފަސްޓް ލޭޑީ ފާތުންނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެތަނުގެ ހަރަކާތްތައް ބައްލަވާލައްވަނީ: މި ހަރަކާތް މިއަދާއި މާދަމާ ވެސް ކުރިއަށް ގެންދާނެ-- ފޮޓޯ: އެމްއެންޑީއެފް އިއްޔެގެ ހަވީރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހިމެވެ. މި ހަރަކާތުގައި، ސިފައިން ބޭނުންކުރާ ބައެއް ވެހިކަލުގެ އިތުރުން ރެޕަލް ކުރުމާއި ކޯސްޓްގާޑް ޝިޕް ބަލާލުމާއި ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުންފަދަ ހަރަކާތްތަކުގެ އިތުރުން ބަޑި ޖެހުން ކުރިއަށް ގެންދެ އެވެ. ކުޑަކުދިންގެ ހިތްތަކުގައި ގައުމިއްޔަތާއި ގައުމީ ލޯބި އާލާކޮށް، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް ބާއްވާ މި ހަަރަކާތުގައި އިއްޔެ ވެސް ގިނަ ބަޔަކު ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ