ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ގާނޫނު އަސާސީއާއި ހިލާފަށް މަސްދަރު ހާމަކުރަންޖެހޭނެކަމަށް ބުނެފައިވާ މާއްދާއަށް އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު އިސްލާހު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަލީވަހީދު އެ އިސްލާހު ހުށަހެޅުއްވީ މިއަދު އެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ ނޫސްވެރިން ކުރާ މަސައްކަތް ބައިގަތުމަށާއި ނޫސްވެރިކަން މާރާލައިގެން ރާއްޖެ ކުރިއަރައިގެންނުދާނެކަމަށްވާތީ އެކަންކަމަށް ފުރުސަތު ހުޅުވާލަދިނުމުގެ ގޮތުންނެވެ.
އިއްޔެ އޮތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ނޫސްވެރިން ކުރާ މަސައްކަތްތައް އެބޭފުޅުން ބައިގަންނަކަމަށާއި މަސްދަރުގެ މައްސަލާގައި، މަސްދަރު ހާމަކުރަން ނުޖެހޭގޮތަށް އިސްލާހު ހުށަހެޅުމަށް ޕާލަމެންޓަރީ ގްރޫޕުން ތާއީދު ލިބިފައިވާކަމަށެވެ.
މަސްދަރު ހާމަކުރަންޖެހޭނެކަމަށް ބުނާ މާއްދާއަށް އަލީ ވަހީދު އިސްލާހު ހުށަހެޅުއްވި އިރު އިމްތިޔާޒާބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިކަމަށް އެޅޭ ހުރަސްތައް ނައްތާލުމަށް މީޑިއާ ކައުންސިލުންނާއި އެމްޖޭއޭއިންވަނީ ގޮވާލާފައެވެ.
މަސްދަރު ހާމަކުރަންޖެހޭނެކަމަށް ބުނާ މާއްދާއަށް އަލީ ވަހީދު އިސްލާހު ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ