މަޑުއްވަރީގައި ކަރަންޓް ނެތި 5 ގަޑިއިރު، އަދިވެސް ބޮޑުބައެއް އަނދިރީގައި

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ އިރާކޮޅު އެރަށުގެ ހުޅަނގު އަވަށުން ކަރަންޓުވަނީ ކެނޑިފައެވެ. މިކަމާ ގުޅޭގޮތުން، މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިގު ވިދާޅުވީ، ރަށުގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައިވާތާ 5 ގަޑިއިރެއްހާއިރު ވެދާނެކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މަޑުއްވަރީ ފެނަކަ ބްރާންޗްގެ މެނޭޖަރު ދެންމެ "ފައިނު އޮންލައިން" އަށް ވިދާޅުވީ، ކަރަންޓު ކެނޑެން ދިމާވީ އެރަށުގެ ހުޅަނގު އަވަށުގެ މެދެއްހާ ހިސާބަށް އަޅާފައިވާ ކޭބަލަށް މައްސަލައެއް ދިމާވެގެން ކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައަކީ އެ ކޭބަލަކީ ވަރަށް ކުރިން އަޅާފައިވާ ކޭބަލްއެއްކަމުން ދިމާވި މައްސަލައެއްކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އެހެންނަމަވެސް ކޭބަލް ބަދަލުކުރަން ބޭނުންވާ ކޭބަލް ރަށުގައި ނެތްކަމަށެވެ. ނަމަވެސް، ކައިރި ރަށަކުން ކޭބަލް ގެނެސްގެން ނަމަވެސް ކުރިޔަށް އޮތް ގަޑިއެއް ދޮޅުގަޑިއެއްހާއިރު ތެރޭގައި ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން ދާކަމަށެވެ. ތަފުސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ