ކަރަންޓް ކެނޑެނީ އެމްޑީޕީގެ ވެރިކަމުގައި ސްޓެލްކޯއަށް ތަރައްގީ ގެނެސްފައިނުތީ - ރައީސް

ސްޓެލްކޯއިން ކަރަންޓު ކެނޑެން ދިމާވާ މައިގަނޑު ސަބބަކީ އިދިކޮޅު އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ސްޓެލްކޯއަށް ބޭނުންވާ ތަރައްގީ ގެނެސްފައިނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމްޑީއޭގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނާއި ޓިކެޓް ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމިން ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ނިމިގެންދިޔައިރު މާލޭގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރި އެއްވެސް އިންވެސްޓްމަންޓެއް ނެތް ކަމަށާއި މިއަދު އުނދަގޫ އުފުލަން މި ޖެހެނީ އެކަމުގެ ސަބަބުން ކަމަށެވެ.
" އޭރުގެ ސަރުކާރުން އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރިނަމަކާ މިއަދު ކަރަންޓެއް ނުކެނޑޭނެ. މިހާރު އަޅުގަނޑުމެން ޖަނަރޭޓަރުތައް އިތުރު ކުރުމަށް މަސައްކަތް މިކުރަނީ. މީހަމަ ފައިސާ ދެއްތޯ؟ މިފައިސާ ހޭދަކުރަން މިޖެހެނީކީއެއް ސަރުކާރުގެ ބަޖެޓަކުން ނޫނޭ. މިފައިސާ މިހޯދަނީ ސްޓެލްކޯއިން އުފައްދާ އެއްޗަކުން. މަދުވާ ތަންކޮޅު އެކަނި ސަރުކާރުގެ ބަޖެޓުން މި ހޯދަންޖެހޭނީ". ރައީސް ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ