ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭނަން - ގާސިމް

ޖުމްހޫރީ ޕާޓީން މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭނެކަމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު އާ ޕީޕީއެމްގެ އެ މަނިކުފާނުގެ ފެކްޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު، މީޑިޔާއާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނީ ހުދޫދުން ބޭރުން ހިނގާ ކަންކަމަށް އެ ޕާޓީން ތާއިދު ނުކުރާކަމަށެވެ.
އަދި ޕީޕީއެމްގެ ރައީސަކީ އަދިވެސް ރައީސް މައުމޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
ރައީސް މައުމޫންއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވަކި ކަމެއް ނިންމާފައިނުވާ ކަމަށާއި، ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން ވަރަށް ހަރުދަނާ ހުށައެޅުންތަކެއް ލިބިފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައީސް މައުމޫން އަދި އެހެން ފަރާތަކުން ވެސް ހުށައަޅާ ރަނގަޅު ކަންތައްތަށް ބަލައިގަންނާން" ގާސިމް ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން މިއަދު ޖުމްހޫރީ ޕާޓީގެ ކައުންސިލާއި ބައްދަލުކޮށްފައިވާއިރު، ރައީސް މައުމޫން ވެސް ވަނީ މިއަދުގެ ބައްދަލުވުމުގައި މާބޮޑު ކަމެއް ނިންމާފައިނުވާ ކަމަށެވެ.
"މިއަދު ޖޭޕީއާއެކު މަޝްވަރާކުރެވުނީ ބާރުތަށް ވަކިކުރެވިފައިވާ ސަރުކާރެއް ގާއިމުކުރުމާއި، ހަގީގީ ޑިމޮކްރެސީ ގާއިމުކުރެވޭނެ ގޮތްތަކާއި މެދު" ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ