މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ ދެ ދާއިރާއެއްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހު ނުވައެއްވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައި، ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.އެކަަމަށް އެދި ފޯމު ހުށަހެމުގު ސުންގަޑި އަކީ ޑިސެމްބަރު 4، ވާ ހޯމަ ދުވަހުގެ 15:00 އެވެ.ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޕްރައިމަރީގައި ވޯޓު ލެވޭނީ ޑިސެމްބަރުގެ 1، ގެ ކުރިން އެ ކޯލިޝަނުގެ ދެޕާޓީން ކުރެ އެއްޕާޓީގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ.މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު ނޮވެމްބަރު 17، ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް މި ވަގުތު ހުރީ ހުސްކޮށެވެ.މާލޭ މޭޔަރުކަމަށް ޕީޕީއެމް/ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ވާދަކުރެއެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ވަނީ ފޯމު ހުށަހަޅައިފައެވެ. އަދި، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މޭޔަރުކަމަށް މާލޭ ސިޓީގެ ކައުންސިލަރު ސައިފް ފާތިހު އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.މާލޭ ސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ ޖެނުއަރީ 13 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ