ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާގެ ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެ

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި މިރޭ ރޯވެ، ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން ދެންމެ ބުނި ގޮތުގައި، ރޯވެފައިވަނީ އާބަންކޯއިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގަ އެވެ.
މި ހާދިސާގައި އެ ސަރަހައްދުގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ތަފްސީލް - އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން 'ދައުރު'އަށް ބުނި ގޮތުގައި، ރޯވީ ތިން ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގަ އެވެ. އެއާ އެކު:
ޖުމްލަ 16 ޓަވަރުގެ ތެރެއިން ހަތަރު ޓަވަރުން ވަނީ ކަރަންޓު ކެނޑިފައި
ފަސް ވަނަ ޓަވަރުން ފެށިގެން އަށް ވަނަ ޓަވަރާ ހަމައަށް ކަރަންޓު ކެނޑިފައިވޭ
އެނގުން މުހިއްމު - 30،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހިޔާ ސަރަހައްދުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ އެ ތަނުގައި ދިރިއުޅޭ އާއްމުންގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ