ނިންމުން ބާތިލުކޮށް ފައިސާ ނުދައްކާ މީހުންގެ ނަން އާއްމުކުރަން ފެލިދޫ ކައުންސިލުން ނިންމައިފި

ވ. ފެލިދޫގައި ދޫކޮށްފައިވާ ބައެއް ބިންތަކަށް ކުލި ނުދައްކާތީ އެ ތަންތަން ކުއްޔަށް ނެގި މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން އެ ރަށު ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށް، ފަައިސާ ނުދައްކާ މީހުންގެ ނަން އިއުލާނުކުރުމަށް ފެލިދޫޫ ކައުންސިލުން ނިންމައިފި އެވެ.
މައްސަލަ - ފެލިދޫ ދޯނި އެހެލާ ސަރަހައްދުތަކުން ދޫކޮށްފައިވާ ބައެއް ބިންތަކަށް ދައްކަން ޖެހޭ ކުލި ނުދައްކާ އެތައް އަހަރެއް ވުމުން މި މަހުގެ 1 ވަނަ ދުވަހު އެ ކައުންސިލުން ނިންމީ ކުލި ނުދައްކާ މީހުންގެ ފިރިންނާއި އަނބިން އަދި ދަރިން ހިމެނޭ ގޮތަށް އެއްވެސް ހިދުމަތެއް ނުދޭ ގޮތަށެވެ.
ކައުންސިލުން ބުނި ގޮތުގައި، އެ ގޮތަށް ނިންމީ ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެކި ގޮތް ގޮތުން މަސައްކަތްކޮށް، އެކަން ނާކާމިޔާބުވުމުން
އެލްޖީއޭއިން އެ ނިންމުމަށް ތާއީދުނުކުުރި އިރު، އެޗްއާރުސީއެމް އިން ވަނީ އެ ނިންމުން ބާތިލުކުރުމަށް މިދިޔަ އާދީއްތަ ދުވަހު އެ ކައުންސިލަށް އަންގާފައި
ތަފްސީލް- އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގަައި ބުނީ، ހިދުމަތް ނުދޭން ނިންމި ނިންމުން މުރާާޖާކޮށްފަައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ކައުންސިލުން ނިންމީ، ފައިސާ ނުދައްކާ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެ މީހުންގެ ނަންތައް އިއުލާނުކުރަމުން ދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ