އަސްލަމް ވިދާޅުވަނީ އަދި ބަލިވާން ގާތްވެސް ނުވާ ކަމަށް

ރިޔާސީ އިންތިހާބުން އެމްޑީޕީ އަދި ބަލި ނުވާ ކަމަށާއި މިކަން ނިންމާލާނީ މޮޅުވެގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް، އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް ސޯލިހު ރޭ ވަނީ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރައްވައިފައެވެ.
އަސްލަމް ވިދާޅުވީ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ނުލެވި 37000 ވޯޓު އެބަ އޮތް ކަމަށެވެ. އެކަން އެގޮތަށް ދިމާވުމުގައި ކޮންމެ ވެސް ސަބަބެއް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އޯވަރ ކޮންފިޑެންޓް ވީ. ނުވަތަ އަޅުގަނޑުމެންނަށް އެކަން ނުކުރެވި ދިޔައީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. ކުރާނެ.“ އަސްލަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،151 ވޯޓެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހާއި ވާދަ ކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ