ރާއްޖޭގައި ވީޗެޓް ޕޭ ހިދުމަތް ފެށުމާ ގުޅޭ މަޝްވަރާ ކޮށްފި

ދުނިޔޭ މަޝްހޫރު އީ-ވޮލެޓްތައް ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވީޗެޓްގެ ރީޖަނަލް ޑިރެކްޓަރާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބައްދަލުކުރައްވައިފި އެވެ.ދާދި ފަހުން ސަރުކާރުން ވަނީ ބޭންކުން ބްލޮކް ކޮށްފައިވާ މާޗަންޓް ސައިޓްތައް ދޫށްލާ ޑިޖިޓަލް ވޮލެޓު މުއާމަލާތް ކުރެވޭ ގޮތް ވެސް ހަދާފަ އެވެ. ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި ޒުވާނުނަަށް މި ބަދަލު ގެނެސް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.މި ބަދަލާއެކު ރާއްޖެ ދަތުރު ކުރަން ފަށާފައި މިވަނީ ޕޭޕާލް ހިދުމަތް ތައާރަފު ކުރުމާ ދިމާލަށެވެ. ސަރުކާރުން ވަނީ މިކަމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައި ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރިއަށް ގެންދަން ބޭނުންވާ ފިޔަވަޅުތައް އަަޅަން ކެބިނެޓުން ވަނީ ނިންމާފަ އެވެ. ހިދުމަތް ތައާރަފް ކުރަން ސީދާ އެމެރިކާގެ ސަރުކާރާއެކު މަޝްވަރާކުރަން ވަނީ ނިންމާފަ އެވެ. އެހެންވެ މި ކަމަކީ ކުރިއަށް އޮތްތަނުގައި އަންނާނެ ފަހި އިތުރު ފުރުސަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ