"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް އައު މެމްބަރުން އައްޔަންކުރައްވައިފި

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައު މެމްބަރުން އައްޔަންކުރައްވައިފިއެވެ.
މި މި މަޖިލީހުގެ އާ މެމްބަރުންގެ ގޮތުގައި މިއަދު ރައީސް ޑރ.މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުންނަކީ ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ އާއި ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑޮކްޓަރު މޫސާ އަންވަރު ޙަސަންއެވެ.
ޑޮކްޓަރ ޢަލީ ޒާހިރު އައްޔަނުކޮށްފައިވަނީ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިންކަމަށްވާއިރު، ޑޮކްޓަރު މޫސާ އަންވަރު ޙަސަން އައްޔަނުކޮށްފައިވަނީ  މިޤާނޫގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢައްޔަންކުރައްވާ މެމްބަރުކަމަށް އައްޔަނުކުރާ ބޭފުޅުންގެ ތެރެއިންނެވެ.
މިބަދަލާއި އެކު "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މިހާރު ހަމަޖެހިފައިވާ ގޮތަކީ:
1- ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
2- ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
3- ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
4- ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) - ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރު
5- އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ