އީދު ބަންދުގައި ކެރީގެ އަސަރު ކުރާނެ، ނަމަވެސް ބޮޑުބައި މޫސުން ރަނގަޅު ވާނެ: މެޓް

އީދު ދުވަހާއި އެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް އެ އިދާރާއިން ލަފާކޮށްފައިވާ މޫސުމީ ބުލެޓިންގައި ބުނެފައި ވަނީ އީދު ދުވަހާ އެކު ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.
ނަމަވެސް ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކުން 8-18 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން 5-3 ފޫޓާ ދެމެދު ހުންނާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އަޟްހާ އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށްވާއިރު ބޮޑު އީދަށް އެކި މީހުން ދަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ. އަދި އީދަށް މާލޭގައި ބޮކިފަތި ދިއްލާ ޒީނަތްތެރި ކުރުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ