ހޭލުންތެރިވަމާ!: މުޖުތަމައު ނިކަމެތިވެ، ބިކަވެ، ފަސާދަވެ ދިއުމަށް ޙަދީޘްފުޅުގައި އޮތް މި 5 ކަންތަކުގެ ތެރެއިން މިއަދު މިރާއްޖޭގަވެސް ނެތީ ކޮންކަމެއްތޯ؟

މުޖްތަމަޢު ސަލާމަތްކުރަންޖެހޭ 5 ކަންތައް
ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު އަހަރެމެނާ ދިމާއަށް ކުރިމަތިފުޅު ލައްވާ ޙަދީޘް ކުރެއްވިއެވެ. އޭ މުހާޖިރިއްޔަ ބޭކަލުންނޭ! ތިޔަބައިމީހުނަށް އެ ފަސްކަމެއް ނުފެނި ސަލާމަތް ކުރައްވަތްތޯ ތިމަންކަލޭގެފާނު މާތްރަސްކަލާނގެ ކިބައިން އެދޭ ފަސްކަމެއް ވެއެވެ. 
އެފަސް ކަމަކަކީ މިއެވެ.  
1- ހަމަކަށަވަރުން ބަޔަކު މީހުންގެ ތެރޭގައި ޝަހުވާނީ ކަމުގެ ހުތުރު ފާފަތައް ފާޅުވެއްޖިއްޔާ، އެބަޔަކުގެ މެދުގައި ޠާޢޫނު ފާޅުނުވެ ނުދާނެއެވެ. އަދި އެބަޔަކުގެ ކާބަފައިންގެ ތެރޭގައި ނެތްހާ ވޭންތަކާއި، ނުބައި ބަލިތައް ފާޅުނުވެ ހަމަހިލާ ނުދާނެއެވެ.  
2- ބަޔަކު މީހުގެ މެދުގައި މިނުމާއި، ކިރުން ނުބައި ކޮށްފިއްޔާއި،  އެބަޔަކުގެ ކިބައިން ބަރަކާތް ކެނޑިއްޖައުމާއި ތަދުމަޑު ޙާލު ބޮޑުވުމާއި، ވެރިންގެ އަނިޔާލިބުމާއި، މިކަންކަން  ނައިހެއް ނުދާނެއެވެ.   
3- ބަޔަކު މީހުންގެ މުދަލުގެ ޒަކާތް ނެރުން މަނާވެއްޖިއްޔާ ވާރޭ މަދުނުވެއެއް ނުދޭނެ. 
4- ބަޔަކު މީހުން މާތްރަސްކަލާނގެ ކިބައަށާއި، އެކަލާނގެ ރަސޫލާ ﷺ ގެ ނަންފުޅުގެން ޢަހްދެއް އުވާލައިފިއްޔާ، އެބަޔަކުގެ މައްޗަށް ބޭރު ބަޔަކުގެ އަނިޔާ ނުލިބިއެއް ނުދާނެ.  
5- ބަޔަކު މީހުންގެ މެދުގާ ޝަރީޢަތް ރަގަޅަށް ނުހިނގަނީ ވިއްޔާ ފިތުނަފަސާދަ ބޮޑުވެ އެބަޔަކުގެ މެދުގާ އަރާރުން ތަކާއި ތަޅާފޮޅުން އިތުރު ނުވެއެއް ނުދާނެއެވެ.
- ނަސާޙަތް 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ