ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން އެމްޑީޕީން މަސައްކަތްކުރި: މެމްބަރު ނިހާދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް މަޖިލީހުގެ ތެރެއިން އިދިކޮޅު އެމްޑިޕީން މަސައްކަތްކޮށްފައިވާކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދައިން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިހާދު ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރެއްވި ހިސާބުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މަސައްކަތް ފެށީ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި ބަޣާވާތަކުންވިޔަސް ސަރުކާރު ވައްޓާލުމަށްކަމަށެވެ.
ދެވަނަ ކަމަކަށް އެމްޑީޕީން ކުރި ކަމަކީ މި ސަރުކާރުން ހުށަހެޅި ބަޖެޓާއި ކުޅުން ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ އޭރު މަޖިލިސް ބޭނުންކޮށްގެން އެމްޑީޕީން ހިންގާފައިވާ ކަންކަން މިއަދު ޔައުމިއްޔާ ބެލުމުން 20 ވަނަ މަޖިލީހުގެ މެމްބަރުންނަށްވެސް ފެނިވަޑައިގަންނަވާނެކަމަށެވެ.
ސަރުޚާރު ވައްޓާލަން ދެވަނައަށް އެމްޑީޕީން ކުރިކަމަކީ ބަޖެޓާކުޅުންކަމަށް ނިހާދު ވިދާޅުވިއެވެ.
އަދުގެ ސަރުކާރުން މަސައްކަތްކުރަނީ މަޖިޅީހުގެ ތެރެއިން މިކަންކަން ހައްލުކުރަންކަމަށް ނިހާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ