ހއ. އިހަވަންދޫ ވިޔަފާރަވެރިންނަށް ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިގޮތުން މި އޮކްޓޯބަރު މަހުގެ 15 އިން 22 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން، އިހަވަންދޫގައި ވިޔަފާރިކުރާ 30 ތަނަކަށް ޒިޔާރަތްކޮށްފައިވާކަމަށެވެ.
މިގޮތުން، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އެ ތަންތަނުން އަަމަލުކުރާ މިންވަރު ބަލައި، ގާނޫނާއި ގަވާއިދުތަކުގައި ހުރި މުހިންމު ކަންކަމާ ގުޅޭ މުހިންމު މައުލޫމާތު ވިޔަފާރަވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން، ދުންފަތުގެ ވިޔަފާރި ކުރަމުންދާއިރު ގަވާއިދާ އެއްގޮތަށް ހުއްދަ ނަގާފައިވޭތޯ ބެލުމަށް ސާވޭއެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، އިހަވަންދޫ ވިޔަފާރަވެރިންނަށް މި ޕްރޮގްރާމުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ރަނގަޅުކުރަން ޖެހޭކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާކަމަށެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ