މިއަހަރު ގެތެރޭގައި ދިވެހި ސިނަމާއިން ފެނިގެންދާނޭ އެންމެ އުއްމީދީ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން އަންނަ "އަލްވަދާއު" އަތޮޅުތެރޭގެ ރަށްރަށުގައި އެޅުވުމުގެ ފުރުސަތު ޑާކްރެއިނުން ފަހިކޮށްދީފިއެވެ.
ޑާކްރެއިނުން ވަނީ އަލްވަދާއުގެ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އައިލެންޑް ސިނަމާ ހަމަޖައްސައި އެފުރުސަތު ހުރިހާ ރަށަކަށް ހުޅުވާލާފައެވެ. އަލްވަދާއު އެޅުވުމަށް ބޭނުންވާ ރަށްރަށުން 9111164 ނުވަތަ 7743399 ނަމްބަރަށް ވައިބާ ކޮށްގެން އެކަން ކުރިއަށް ގެންދެވޭނޭކަމަށް ޑާކްރެއިނުން ބުނެއެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ޑާކްރެއިނުން ސިނަމާއަށް ނެރުމަށް ތައްޔާރުވަމުންދާ އަލްވަދާއުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، ގިނަ ޝޯތަކެއްގެ ޓިކެޓް މިހާރުވެސް ވަނީ ވިކިފައެވެ. މި ފިލްމް އޮލިމްޕަހުގައި އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހެވެ. ފިލްމްގެ ޝޯތައް އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓިކެޓް ގަތުމަށް ބޭނުންނަމަ 9911229 ނަމްބަރަށް ވައިބަރ ކުރުމުން އޮލިމްޕަހަށް ނުގޮސް ޓިކެްޓް ގަނެވޭނެއެވެ.
އަލްވަދާއުގެ ޕޯސްޓަރު
ޑާކްރެއިނުން ވަނީ މީގެކުރިންވެސް ލޯބީގެ އަސަރުގަދަ ފިލްމުތައް ސިނަމާއަށް ނެރެ ހައުސްފުލް އެތައް ޝޯތަކެއް ދައްކާފައެވެ. ނަމަވެސް އަލްވަދާއު، މި ފިލްމަކީ ޑާކްރެއިނުން މީގެކުރިން ނެރުނު ލޯބީގެ ފިލްމުތަކާ މުޅިން ތަފާތު ފިލްމަކަށްވާނޭކަމަށް ފިލްމްގެ ޕޯސްޓަރަށް ބަލާލުމުންވެސް އެނގެއެވެ.
"އަލްވަދާއު" މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، އަލިފާނުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ވެސް ފެނިގެންދާނޭކަމަށް ޑާކްރެއިނުން ބުނެއެވެ.
ޑާކްރެއިންގެ އުއްމީދީ ފިލްމު "އަލްވަދާއު" ރަށްރަށުގައި ދެއްކުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ