ހިޔަލަ 2025 ހޭންޑްބޯލް މުބާރާތް – ފިރިހެން އަދި އަންހެން ޗެމްޕިއަންސްގެ ތަށި މިރޭ… ފިކުރީ މުދާ ހިމާޔަތްކުރުމަށް “ޕޭޓަންޓާ” ބެހޭ ހާއްސަ ބިލެއް އެކުލަވާލުމަށް މަސައްކަތް ކުރަނީ! ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައ

ލޯކަލް ޕްލޭޓްގެ ނަމުގައި އައްޑޫ ރަހަތަކަށް ޚާއްޞަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލޭ ބީޗްރޯޑުގައި މިދިޔަ ހަފްތާގައި ހުޅުވި މި ރެސްޓޯރެންޓަކީ އައްޑޫގެ މީރު ކެއުންތައް ރަހަބަލާލުމުގެ އިތުރުން އައްޑޫގެ ސަގާފަތާއި ކުޑައިރުގެ ހަނދާންތައް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
“ލޯކަލް ޕްލޭޓް” އަކީ ހަމައެކަނި ރެސްޓޯރެންޓެއް ނޫނެވެ. އެއީ އެތަނަށް ވަދެވުމުން ގެއަށް އާދެވުނުކަމުގެ ހިތްގައިމު އިހްސާސްތައް ގެނެސްދޭ ތަނެކެވެ.
“އަހަރެމެން ބޭނުންވީ ހަމައެކަނި ދިވެހި ކާނާ ސާވް ކުރާކަށް ނޫން،” ލޯކަލް ޕްލޭޓްގެހެޑް ޝެފް މުޙައްމަދު އަމްޖަދު (މޯޑު) ބުންޏެވެ.
“އަހަރެމެން ބޭނުންވީ އާއިލާ އެއްކޮށް ތިބެގެން އެ ކާ ކެއުން ހިއްސާ ކުރުމުގެ އުފާވެރިކަން ހަނދާނަށް ގެނެސްދޭން. ލޯކަލް ޕްލޭޓްގެ މައިގަނޑު މަގްސަދަކީ މިތަނަށް ވަންނަ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ރަށުގެ ރަހަ ދެއްކުން. މިތަނުގެ މެނޫއަކީ ކުޑައިރު މަންމަ ދަސްކޮށްދިން ގޮތަށް ކަނޑު މަހުގެ ތާޒާކަން އެކުލެވިގެންވާނެހެން ދިވެހި ރަހަތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ދިވެހިވަންތަ މެނޫއެއް” ޝެފް ކިޔައިދިނެވެ.
އެތަނުގެ ޚާއްސަ ރަހަތަކުގެ ތެރޭގައި ކާށިހުނިން ތައްޔާރުކުރާ ހަވާދުގެ ރިހަ އާއި ދަރުއުނދުނުން ފިހެފައި ހުންނަ އާދައިގެ ރޮއްޓާއި ހުނިރޮށި ފާހަގަކޮށްލެވެއެވެ. މިތަނުން އައްޑޫ ރަހަތައް ސަރވް ކޮށްދެނީ ތާލީގައެވެ. އެގޮތުން މެނޫގައި ހިމެނެނީ އަލަތާލި، ރެހި ތާލި، ބޯވަ ތާލި ހިމެނެއެވެ. ހަމަ އެއާއެކު އައްޑޫ އުޅާލިއާއި އަލަމެޓާ، އުސްހަކުރު ގުޅަ ފަދަ މީރު ކާއެއްޗެތި ލިބެން މިތަނުގައި ހުރެއެވެ. ލޯކަލް ޕްލޭޓްގެ ކޮންމެ ތަށްޓަކުން ޒަމާނީ ދިރިއުޅުމުގެ ސްޓްރެސް އިން ސަލާމަތްވެ، ކުޑައިރުގެ މީރު ރަހަތަކުގެ ކާނާ ކެވޭ ކަމުގެ ހިތްހަމަޖެހުން ލިބިގެންދެއެވެ.
 
މާލޭގެ ހަލަބޮލި މާޙައުލުގައި އުޅެމުން އަންނައިރު ފަސޭހަ، އުފާވެރި ޖަޒީރާ ދިރިއުޅުމަށް އެނބުރި ދިޔުމަށް މަތިންދާބޯޓުގެ ޓިކެޓެއް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ހަމައެކަނި ލޯކަލްޕްލޭޓްގައި ރިޒަވޭޝަން ހަދާލުމެވެ. ކޮންމެ ތަށްޓަކުން އިޙްސާސްކޮށްދޭނީ ގެއަށް އާދެވުނު ކަމުގެ އުފާވެރި އިޙްސާސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ