މިއަހަރު ނިމުމުގެ ކުރިން ވީއައިއޭގެ އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ނިމޭނެ: ޠާރިގު
މިއަހަރު ނިމުމުގެ ކުރިން މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ބައިނަލްއަގުވާމީ އާ ޓާމިނަލަށް ބައިނަލްއަގުވާމީ ހުރިހާ އެއާލައިނެއް ބަދަލުކޮށް ނިމޭނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް ދެއްވި ބަސްދީގަތުމެއްގައި ޠާރިގު ވިދާޅުވީ، އާ ޓާމިނަލުން ޚިދުމަތް ދޭން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފަށައި، ބައިނަލްއަގުވާމީ އެއާލައިންތަކުގެ ހުރިހާ އޮޕަރޭޝަނެއް، އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. "އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހާ ފްލައިޓްތަކެއްވެސް އާ ޓަރމިނަލުން ޚިދުމަތް ދޭގޮތަށް މަސައްކަތް ފެއްޓިގެންދާނެ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް،" ޠާރިގު ވިދާޅުވިއެވެ. ވީއައިއޭގެ އާ ޓާމިނަލުން ފަތުރުވެރިއަކަށް ޚިދުމަތް ދެނީ -- ފޮޓޯ/ ވެލާނާ އެއާޕޯޓް އެންމެ ފަހުން ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭން ފެށީ ޖަރުމަންވިލާތުގެ ކޮންޑޯ އެއާލައިނުން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އޮކްޓޯބަރު 31، 1981ގައި ރާއްޖެއަށް ދަތުރުފެށި ކޮންޑޯއަކީ ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭން ފެށި ޖަރުމަނުވިލާތުގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނާއެކު އާ ޓާމިނަލުން ޚިދުމަތްދޭން ފެށި އެއާލައިންތަކުގެ އަދަދު މި ވަނީ 26އަށް އިތުރުވެފައެވެ. https://sun.mv/209066 ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު ޖުލައި 26ގައި ހުޅުވި ވީއައިއޭގެ އާ ޓާމިނަލް ފަރުމާކުރީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެއްޓެވި މުހިންމު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ކުރިއެވެ. އަދި އެ ޓާމިނަލްގެ އެއް ބައި ބޭނުން ކުރެވޭ ވަރަށް ނިންމައި ހުޅުވާފައި މި ވަނީ މިހާރުގެ ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހުގައެވެ. https://sun.mv/210821 ޑްރޯން ޝޯއަކާއި ދުނިޔޭގެ ރެކޯޑު ފޮތަށް އެރި ހަވާ ޝޯއަކާ ވެސް އެކު މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ