ހުލާސާކޮށް އިއްޔެ: ރައްޔިތުން ނުކުމެ ނޭޕާލްގެ ވެރިކަން ބަދަލުކުރުން ހުލާސާކޮށް އިއްޔެ: ރައްޔިތުން ނުކުމެ ނޭޕާލްގެ ވެރިކަން ބަދަލުކުރުން

ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ކުރަން ނިންމުމާ ގުޅިގެން އާންމުންގެ ހުރި ހިތްހަމަނުޖެހުންތައް ފަޅައިގެން ގޮސް ކޮރަޕްޝަނާ ދުރު، ހާމަކަން ބޮޑު ދައުލަތެއް ބިނާ ކުރުމަށް ގޮވާލައި ޒުވާނުން އިސްވެ، ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިއްޔެ އިސްތިއުފާ ދެއްވި
ބޮޑުވަޒީރު ޝަރުމާ އިސްތިއުފާ ދެއްވަން ފުރަތަމަ ދެކޮޅު ހެއްދެވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ސިފައިންގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ މުޒާހަރާތަކުގައި 19 މީހުން މަރުވެ, މުޒާހަރާގެ 400 އަށް ވުރެ ގިނަ ބައިވެެރިންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.
މުޒާހަރާތަކާ މެދު ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް، އެފަދަ މުޒާހަރާތަކެއް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް އަމަލުތައް ދިފާއު ކުރެއްވި އެވެ.
ނޭޕާލްގެ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާ ތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބުނު މީހުންގެ އާއިލާ ތަކަށް އެ ގައުމުގެ ސަރުކާރުން ބަދަލުދޭނެ ކަމަށެވެ.
މިއީ ނޭޕާލްގެ ސަރުކާރާ ދެކޮޅަށް މިފަހުން ބޭއްވި އެންމެ ބޮޑު މުޒާހަރާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ