ބީއެމްއެލުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތްދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްއިން ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާރަށަކަށް އޭޓީއެމްގެ ހިދުމަތްދޭން ފަށައިފިއެވެ.
ބީއެމްއެލުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތްދީ ފުރިހަމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެއަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މީގެކުރިން އޭޓީއެމްގެ ހިދުމަތް ފަށާފައިނުވާ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި 9 ރަށެއް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ބައެއް ރަށްރަށުގައި ބީއެމްއެލުން ގާއިމްކުރަން ނިންމި ބްރާންޗްތަކުގެ ބިންގާ އަޅާފައެވެ. 
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށްޓަކައި އެކަމުގެ ޢަމަލީ މަސައްކަތްތައް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށުނު މަހުން މިހާތަނަށް ގއ، ހދ، އއ، ބ އަދި ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތްތައް ވަނީ ފަށާފައެވެ. 
އަދި މި އަހަރު ނިމުމުގެ ކުރިން ބީއެމްއެލްގެ 250އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ