އެފްއީއޭ އެކެޑަމީ އާއި ލެގަސީ ގުޅިގެން ފިޓްނަސް ދާއިރާގެ ތިން ކޯހަކަށް ފުރުސަތު ހުޅުވާލައިފި ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރ

މާލޭގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. މޯނިންވިޔު އަހްމަދު ނަވާޒް (30އ) އަދި އިބްރާހިމް ޒައިދާން (22އ) ގެ އިތުރުން ލ. މާބައިދޫ މުހައްމަދު ޝިދާދް(22އ) އެވެ.
ފުލުހުން ބުނީ ނަވާޒް 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުނެރެފައި ވާއިރު، ޒައިދާން އަދި ޝިދާދްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ނެރެފައެވެ.
ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މި 3 މީހުން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރުގައިވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި ހާދިސާ ރިޕޯޓް، އިންޓެލިޖެންސް ރިޕޯޓް، ސީން ފޮޓޯ އަދި ފެނުނު 2 ވަޅީގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ