ﷲ ތަޢާލާގެ ޙަޟްރަތުން މިދަރަޖަ ލިބިއްޖެ މީހަކަށްވުރެ ހަމަޖެހިގެން އުޅެވޭނެ މީހަކު ނުހުންނާނެ! މިއީ އެންމެ މަތީ ދަރަޖަ!: މުފްތީ މެންކް

އަހުރެމެން ނަމާދުކުރަމުއެވެ. ޤުރްއާން ކިޔަވަމުއެވެ. ޛިކުރުތައްވެސް ކިޔަމުއެވެ. އަދި އެހެން އިތުރު އަޅުކަންވެސް ކުރަމުއެވެ. މިކަންކަމުގައި ޘާބިތުވުމުން އެއަށްވުރެވެސް މަތީ ދަރަޖައަކަށް އޫނާ އުފުއްލަވަތެވެ.  
އެއީ ތިމާއަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަން ތިމާއަށް ކުރިމަތިވީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް ޤަބޫލުކުރެވި ހިތްހަމަޖެހިގެން ހުރެވުމެވެ. އެއިރުން އެމީހަކަށް އެދެވުނީ ތަޤްވާވެރިކަމުގެ އެންމެ މަތީދަރަޖައެވެ.  
އެދަރަޖައަށް ދެވުމުން ކިތަންމެ ބޮޑު ދެރައެއް ލިބުނަސް ކަންބޮޑެއް ނުވާނެއެވެ. އެކްސިޑެންޓެއްވެ ނުހިނގުނަސް، އަތެއް ބުރިވިޔަސް، ޢާއިލާ ރޫޅުނަސް، ބޮޑު މާލީ ގެއްލުމެއް ލިބުނަސް، ކިތަންމެ ބޮޑަށް ލޯބިވާ މީހަކު މަރުވިޔަސް ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. ދެރަވާނެއެވެ. އިންސާނަކަށްވީތީ ދެރަވާނެއެވެ. ނަމަވެސް އެކަމުގެ އަސަރު ދިރިއުޅުމަށް ފޯރިއަކަ ނުދޭނެއެވެ. "އަލްޙަމްދުލިﷲ" ބުނެލުމަށްވުރެ ބޮޑުވަރެއް ނުކުރާނެއެވެ.  
ހަމަ ހުރެފައި ދެވޭނެ ދަރަޖައެއް ނޫނެވެ. މިދަރަޖައަށް ދެވޭނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެކަމަށް އެދިގެން މަސައްކަތްކުރުމުން އެދަރަޖަ ދެއްވަވާނެތެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ