އަނގައިން ނިޔަފަތި ކަނޑަންތަ، އަވަހަށް ފަރުވާ ހޯދާ

ނިޔަފަތި އަނގައިން ކެނޑުމުގެ އާދައަކީ ޒުވާން އުމުރުގައި ގިނަބަޔަކު ކުރުމަށް ދެވި ހިފާފައިވާ ކަމެކެވެ. ކަންކަމާ މާބޮޑަށް ފިކުރު ބޮޑުވުން، ކަމަކާއި ދޭތެރޭ ފުންކޮށް ވިސްނުމުގެ ސަބަބުން ވާކަމެއް ކަމުގައި މިކަން ވާފަހަރު އާދެއެވެ. މިކަމަކީ ސިއްހީ ގޮތުން ބަލާއިރު ގެއްލުންހުރި ކަމެކެވެ.
އަނގައިން ނިޔަފަތި ކެނޑުމުގެ ސަބަބުން ނިޔަފަތީގެ ވަށައިގެންވާ ހަންގަނޑު ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމުގެ ސަބަބުން ހަލާކުވެފައިވާ ތަނުގައި ޖަރާސީމް ގިނަ އަދަދަކަށް އަށަގަނެއެވެ. މިފަދަ ހާލަތެއްގައި އަނގައައް އަތްލުމުން އަނގައިގަ ހުންނަ ޖަރާސީމާއި އަތުގައި ހުންނަ ޖަރާސީމްތައް އެކުވެދެއެވެ. އެއަށްފަހު އަތާއި އަނގައިން ނުކުމެ ދިޔަ ޖަރާސީމްތައް ހަށިގަނޑުގެ ތެރެއަށް ފެތުރިގަނެއެވެ. މިކަމުގެ ސަބަބުން ސިއްހީގޮތުން ތަފަތު މައްސަލަތަކާއި ކުރިމަތިވެއެވެ.
އިނގިލިތަކުގެ ނިޔަފަތި އަނގައިން ކަނޑާ ކެއުމުގެ ސަބަބުން އިނގިލީގައި ދިގު މުއްދަތަކަށް ފާރު އުފެދޭގޮތް މެދުވެރިވެއެވެ. މިފަދައިން އިނގިލީގައި އުފެދޭ ފާރު ދިގުމުއްދަތަކަށް ދެމުމަކީ ކެންސަރަށް މިކަންކަން ބަދަލުވުމުގެ ފުރުސަތު އޮތްކަމެކެވެ. އާންމު ގޮތެއްގައި ޒުވާން އުމުރު ފުރާގައި ދިމާވާ މި މައްސަލައިން އަރައިގަތުމަށް ޑޮކްޓަރަށް ދެއްކުމާއި ކައުންސިލިން ނެގިދާނެއެވެ. މިކަންކަން ހުއްޓުވުމަށް ޑޮކްޓަރުން ލަފާދެއްވާ ބައެއް ކަންކަންވެސް އެބަހުއްޓެވެ.
އަނގައިން ނޭފަތި ކެނޑުމުން އަރައިގަތުމަށް ދިރިއުޅުމުގެ ކަންކަމާ ބޭކާރު ގޮތުގައި ވިސްނުމާއި ދުރުހެލިވާން ޖެހެއެވެ. ތާކުންތާކު ނުޖެހޭ ކަންކަމުގައި ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި ކޮންމެވެސް އެދެވޭ ކަމެއްގައި ދިރިއުޅުން ބުރަކޮށްލެވި ދާނެއެވެ. ޗުވިންގަމް ފަދަ ކޮންމެވެސް ކާއެއްޗެއް ކެއުމަކީ މިކަމަށް ހައްލު ހޯދުމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަމެކެވެ. ނިޔަފަތި ތަކުގައި ކޮންމެވެސް ހިތި އެއްޗެއް އުނގުޅުން ފަދަ ކަމެއް ކޮށްލުމަކީ މާއުނދަގޫ ކަމަކަށް ނުވާނެއެވެ. ދިރިއުޅުމުގައި ކުރަމުން އަންނަ މަސައްކަތްތައް އެހެން ދާއިރައަކަށް ނުވަތަ އެހެން މާހައުލަކަށް ބަދަލު ކުރުމަށް މަޖުބުރުވާ ހާލަތުވެސް މިކަމުގެ ސަބަބުން އާދެއެވެ. މިކަން ކަމަކީ ޑޮކްޓަރުން ލަފާދެއްވާފައިވާ އަނގައިން ނިޔަފަތި ކެނޑުމާއި ދުރުހެލިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ