ފީފާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިރާނުގެ ޓީމު ޓްރެއިނިން ކޭމްޕަށް ތުރުކީ އަށް ގޮސްފި އެވެ.
އިރާނުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ތުރުކީއަށް ޓްރެއިނިން ކޭމްޕަށް ދިޔައިރު މި ފަހަރުގެ ވޯލްޑްކަޕްގައި އިރާނަށް ބައިވެރިވެވޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
އިރާނާއި އެމެރިކާ އާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ބައެއް ކުޅުންތެރިންނަށް ވިސާ ލިބުމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އެހެން ޓީމުތަކާއި އިރާނާއި ދެމެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ކަށަވަރުކުރުމުގެ ގޮތުން ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރެފްސްޓްރޮމް އާއި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތާޖް ވަނީ ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމަށްފަހު ފީފާގެ ޖެނެރަލް ސެކްރެޓަރީ ވަނީ މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ވިދާޅުވެފަ އެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި އިރާން ކުޅެން ޖެހޭ ތިން މެޗުވެސް އެމެރިކާގައި ކުޅެން ޖެހޭއިރު އިރާނުގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެމެރިކާއަށް ދިއުމަށް ބޭނުންވާ ވިސާގެ ކަންތައްތައް ކުރާނީ ތުރުކީގަ އެވެ.
އިރާނުގެ ކޯޗު ޓީމުގެ ފައިނަލް ސްކޮޑު އިއުލާން ކުރިއިރު އިރާނުގެ މަޝްހޫރު ފޯވަޑް އަޒްމޫން އަށް ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. އެއީ އިރާނުގެ ސަރުކާރުގެ ސިޔާސަތަށް އޭނާ ފާޑުކިޔާފައިވާކަމަށް ބުނެއެވެ.
ވޯލްޑްކަޕްގައި އިރާން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ ޖޫން މަހުގެ 15 ވަނަ ދުވަހު ލޮސް އެންޖެލެސްގައި ނިއު ޒިލޭންޑް އާއި ދެކޮޅަށެވެ.
އިރާނުގެ ޓީމު ޓްރެއިނިން ކޭމްޕަށް ތުރުކީއަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ