ޖޭޕީ މެންބަރަށް ތާއީދު ކުރުމަށް ލަޔާލް އަތުން މަތިވެރީ ދާއިރާގެ ޓިކެޓު އަތުލައިފި

ޕީޕާލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއިން އއ. މަތިވެރި ދާއިރާގެ ޓިކެޓް ދީފައިވާ ލަޔާލް މަނިކުގެ އަތުން ޓިކެޓް އަތުލައި، އެދާއިރާ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
ލަޔާލް އަތުން ޓިކެޓް އަތުލަން ނިންމިކަން ޕީއެންސީއިން ނިންމާފައިވާއިރު އެކަން ލިޔުމުން މިއަދުގެ ވަގުތެއްގައި ލަޔާލްއަށް އަންގާނެއެވެ.
ލަޔާލްގެ ޓިކެޓު އަތުލެއްވިކަން އޭނާވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ލަޔާލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތިވެރީ ދާއިރާއަށް އަބަދުވެސް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށާއި އެ ދާއިރާއަށް ނިސްބަތްވާ ޕީޕީއެމް އަދި ޕީއެންސީ މެންބަރުން އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމުގައެވެ.
ލަޔާލް މަނިކުގެ ޓިކެޓު ޕީއެންސީއިން އަތުލައިފައިވާއިރު ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވާ، ޖަމީލް އުސްމާން ވެސް މިހާރު ވަނީ ޖޭޕީއަށް ފުރުސަތު ދިނުމަށް އެދާއިރާއަށް ވާދަ ނުކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ