ވޮލްވްސް ބަލިކޮށް ނިއުކާސަލް އަށް ކްލަބް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕްރިމިއާ ލީގުގައި ރެކޯޑެއް ހަދައިފި އެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ނިއުކާސަލް އިން ވަނީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެފައެވެ. މިއީ މީގެ ކުރިން އެ ޓީމަށް ހޯދިފައިވާ ނަތީޖާއެއް ނޫނެވެ.
ނިއުކާސަލް ޔުނައިޓެޑް މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުން 37 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ނިއުކާސަލްގެ ތާރީޚުގައި ޖެހިޖެހިގެން އަށް މެޗުގައި ލަނޑު ޖެހި ނިއުކާސަލްގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
މި މެޗުގައި ނިއުކާސަލް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 16 މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިސާކްގެ އެސިސްޓަކުން އެންތޮނީ ގޯޑަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ