އޮފީހެއް ފަޅާލައި ގިނައަދަދެއްގެ ފައިސާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

އޮފީހެއް ފަޅާލައި ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ފިރިހެނެއްކަމަށެވެ. ހެންވޭރު ގެއެއްގައި ހުރި އޮފީހެއް ފަޅާލައި، ހަތް ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ ދިރިއުޅޭ ތަން ބަލައި ފާސް ކުރިއިރު ވަގަށް ނެގި ކަމަށް ބެލެވޭ ހަތް ލައްކަ ރުފިޔާގެ ތެރެއިން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.
ރޯދަމަހަކީ އާއްމުގޮތެއްގައި ވައްކަމުގެ މައްސަލަތައް ގިނަވާ މަހެއްކަމުން އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން ވަނީ ރޯދަމަސް ފެށުމުގެ ކުރިން އިލްތިމާސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ