ރަށްރަށުގައި ސްޕާ ހިންގަން ކައުންސިލްތަކަށް މިހާރު ހުއްދަ ދެވޭނެ

ރަށްރަށުގައި ސްޕާތައް ހިންގަން ކައުންސިލްތަކަށް ހުއްދަ ދެވޭ ގޮތަށް ކަނޑައަޅައި ސްޕާތައް ހިންގުމުގެ ގަވައިދު އަނެއްކާ ވެސް ބަދަލު ގެނެސްފި އެވެ.ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަން ފިޔަވައި، ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން އެފަދަ ވިޔަފާރި ހަރަކާތެއް އެރަށެއްގައި ހިންގިދާނެކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް މިނިސްޓްރީން ކައުންސިލްގައި ނުވަތަ ސިޓީ ކައުންސިލްގައި އެދެން ޖެހެ އެވެ.އޭގެ ފަހުން ހުއްދަ ދިނުމުގައި ބަލާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައެޅި ގޮތަށެވެ.އެ ގަވާއިދުގައި ވަނީ ސްޕާގެ ވިޔަފާރިކުރާ ތަންތަނުގައި މިންގަނޑުތައް ފުރިހަމަވާކަން ކަށަވަރުކުރުމުގެ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއެއް މެދުވެރިކޮށް އިންސްޕެކްޝަންތައް ހިންގަން ޖެހެ އެވެ. އޭގެ ތެރޭގައި ރޫޓިން އިންސްޕެކްޝަންތައް ހިމެނެ އެވެ. މިގޮތަށް ހިންގާ އިންސްޕެކްޝަނަކަށް 2،000ރ ގެ ފީއެއް ވެސް ނެގޭ ގޮތަށް މިހާރު ބަދަލުކޮށްފައިވާއިރު ކުރިން އޮންނަނީ 1،000ރ. ގެ ފީއެއް ނެގޭ ގޮތަށެވެ،ކުރިން ގަވާއިދުގައިވާ ގޮތުން ރިސޯޓް ނުވަތަ ގެސްޓްހައުސް ސްޕާތައް މޮނިޓާކުރާނީ ޓޫރިޒަމުންނެވެ. އެކަމަކު މިހާރު އެ ގެނައި ބަދަލާއެކު އެ ތަންތަން ވެސް މޮނިޓާކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ.އެ ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށ،ް ބިޒްނަސް އެކްޓިވިޓީ ރެޖިސްޓްރޭޝަންގެ ދަށުންނެވެ.މީގެ އިތުރުން ސްޕާގެ ހިދުމަތްދޭ ތަންތަނުގެ ގަވައިދު ހިނގާނީ އިންޓަގްރޭޓޭޑް ޓޫރިޒަމަށް ތަރައްގީކޮށްފައިވާ ތަން ނުވަތަ އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓާއި އިތުރު ހިދުމަތްތައް އެއް ތަނަކުން ލިބެން ހުންނަ ގޮތަށް ތަރައްގީކޮށްފައިވާ ތަންތަނުގައި ކަމަށް ގަވައިދުފައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ