މޮރިޝަސް ބޭންކަށް 2.3 މިލިއަން ރުފިޔާ ނުދައްކަން އަލީ ޒާހިރު ސުޕްރީމް ކޯޓަށް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، މޮރިޝަސް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރަން، އަލީ ޒާހިރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުގައި ފަށައިފި އެވެ.
މި މައްސަލައަކީ އަބްދުﷲ ނަސީރު ކިޔާ މީހަކު އަލީ ޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާކުރުމަށް ހުށަހެޅި ޗެކެއް ޑިޕޮސިޓްކުރިކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާ ޗެކެއް ނަސީރަށް އަލީ ޒާހިރު ދެއްވުމާ ގުޅިގެން އެ ޗެކުގައި ބުނާ އަދަދަށް ފައިސާ އެކައުންޓުގައި ނެތީސް ފައިސާ ދޫކުރުމާ ގުޅޭ މައްސަލައެކެވެ.
އެހެންވެ، އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް ފެށީ މިއަދު އެވެ.
ނަމަވެސް ބާކީ ތިއްބެވި ދެ ފަނޑިޔާރުން ބުރަވެވަޑައިގަތީ އަލީ ޒާހިރު ދޫކުރެއްވި ޗެކަށް ބޭންކުން ފައިސާ ދޫކުރުމަކީ ބޭންކަށް ލިބިފައިވާ އޯވާޑްރާފްޓުކުރުމުގެ ބާރުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. އަދި އެކައުންޓުގައި ޗެކުގައި ކަނޑައަޅާފައިވާ އަދަދަށް ފައިސާ ނެތުމަކީ ގާނޫނުގައި ޗެކަށް ފައިސާ ދޫކުރުން މަނާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަންވެސް އެ ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.
އަދި ޗެކަށް ދޫކުރި ފައިސާ އަނބުރާ ބޭންކަށް ދެއްކުމަކީ އަލީ ޒާހިރުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެ ފައިސާއަށް އޭނާ ޒިންމާވެވަޑައިގަންނަވަންޖެހޭނެ ކަމަށާއި، އެ ފައިސާ ދައްކަން ބޭންކުން ފޮނުވި ނޯޓިސް ބާތިލުކުރާނެ ޖާގައެއް ނެތްކަމަށް ފަނޑިޔާރު ޝުއައިބު އަދި ޝަފީއުގެ އިއްތިފާގުން ނިންމެވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ