މާދަމާ އަކީ ކުޑަ އީދު ދުވަސް

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް (ކުޑަ އީދު) ކަމަށް ކަނޑައަޅައިފިއެވެ.
1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބާއްވާފައެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމި ނިންމުމުގެ ބަޔާން ވަނީ އިއްވައި ދެއްވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ އިއްވެވި މި ހަނދާބެހޭ ބަޔާނުގައި ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މިއަދު ކަމަށް ކަނޑައަޅާފައެވެ. އަދި މާދަމާ އަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮތެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖައްސާފައި ވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ފަލަކީ ހިސާބަށް ރިޢާޔަތްކޮށް އެ އިލްމްގެ ބޭފުޅުން މާދަމާ އީދު ވާނެކަމަށް ކުރިން ވެސް އޮތީ ލަފާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ