ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކެންސަރު ބަލީގައި ޑރ. އާމިނަތު ރަމްޝާ އަވަހާރަވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.ރައީސް ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ހަބަރު އަޑުއެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި ވިދާޅުވީ ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށެވެ."އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެއާދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއެކެވެ. ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެކެވެ،" ރައީސް ވިދާޅުވި އެވެ.ރައީސް ވަނީ ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށާއި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމާ ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްހޫމާއަށް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ. ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ. ރަމްޝާ ކެންސަރު ޖެހިފައިވާކަން 2020 ވަނަ އަހަރު އެނގުމާއެކު ތައިލޭންޑަށް ދިރިއުޅުން ބަދަލުކުރައްވައި، ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ