އެމްއޭސީއެލް މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000 ރުފިޔާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ. ދޭން ނިންމައިފިއެވެ.
އެމްއޭސީއެލުން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މިއަހަރުގެ ރޯދަ މަހުގެ އިނާޔަތު ފައިސާގެ ގޮތުގައި ދެވޭ 3،000 ރުފިޔާ އެކުންފުނީގައި ވަޒީފާ އަދަކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް މިއަދު ޖަމާ ކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، އެ ކުންފުނިން ބުނީ، ރޯދަ އިނާޔަތުގެ އިތުރުން އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000 ރުފިޔާ އިތުރަށް ދޭން ނިންމާފައިވާ ކަމަށެވެ.  
Advertisement
އަދި ހަދިޔާވެ ގޮތުގައި ދެވޭ 2000 ރުފިޔާ ވެސް ރޯދަ އިނާޔަތާއި އެކީ މިއަދުގެ ވަގުތެއްގައި މުވައްޒަފުންނަށް ޖަމާވާނެ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ