އަޅުގަނޑުމެން ހުރިހާ ނޫސްވެރިންނަށް މި ދައުވަތު މި އެރުވީ ރަކީދޫ، މި ރަށުގަ މިހާރު ކުރިއަށް ދާ ޕްރޮޖެކްޓާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްލުމަށް. ދެން މިހާރު މިވަނީ މި ޕްރޮޖެކްޓް ގާތްގަނޑަކަށް ނިމި މިހާރުވެސް ބޭނުންކުރަން ފެށިފަ. އެގޮތުން މި ރަށުގަ މި ބޭނުންކުރެވެނީ ސޯލާ ހައިބްރިޑް ސިސްޓަމް. އޭގެ މާނައަކީ ސޯލާއާ ޖެނެރޭޓަރާ ބެޓެރިއާ އެއްކޮށް.
މިހާރު މިވަގުތު ފުދޭވަރަކަށް ވިއްސާރަވީމައާ އެކީގަ ސޯލާޢިން އުފައްދާ އެބަ ގާތްގަނޑަކަށް ސައްބީހަކަށް ކިލޯ ވޯޓް. މީގެ ސްކާޑާ ސިސްޓަމް، މި ސްކާޑާ ބަލަމުން މި ސިސްޓަމް އޮޕަރޭޓް ކުރާގޮތް. އޮޕަރޭޓަރުން ބޮޑަށް ހިންގަމުން ގެންދާނީ.
ފުރަތަމަކަމަށް މައިގަނޑުގޮތެއްގަ ސޯލާ އެހެރީ ގާތްގަނޑަކަށް 230 ކިލޯ ވޯޓް ޖަހާފަ މުޅި ރަށުގެ އެކި ސަރަޙައްދުތަކުގަ. ދެން އޭގެ އިތުރުން ބެޓެރި މިރަށުގަ އެބަހުރި ޖަހާފަ، ގާތްގަނޑަކަށް 430 ކިލޯވޯޓް އަވަރ ގެ ބެޓެރި. ދެން އޭގެ އިތުރަށް މި އިންނަނީ ޖެނެރޭޓަރ. ޖެނެރޭޓަރ ހަމައެކަނި ހިންގާނީ ސޯލާއާ ބެޓްރިއާ ލޯޑްގެ ޑިމާންޑާ އެއްވަރަށް ނުވާނަމަ.
މިހާރު މި ގެންދަނީ ސޯލާއިންނާއި ބެޓެރިންނާ ދެމުން، ރަށުގެ ލޯޑް މިގަޑީގަ މި އިންނަނީ 38 ކިލޯވޯޓް ގާތްގަނޑަކަށް. މިގަޑީގެ ގޮތުން، ދެން ފުދޭވަރަކަށް ވިލާ އަރާފަ އޮތީމަ. އާއްމުކޮށް މިރަށުގަ އުޅޭނީ އެންމެ މަތިން ގާތްގަނޑަކަށް 90 ކިލޯވޯޓްގަ އުޅޭނެ ހޫނު ގަދަ ދުވަސްވަރުގަ.
އެހެންމަ މިހާރު (މިވަޤުތު) މި ގެންދަނީ ސޯލާއިން 24 ކޮލޯވޯޓް، ބެޓެރިން 14 ކިލޯވޯޓް ދެމުން މިހާރު މިގެންދަނީ. ދެން ރަނގަޅަށް އަވިދީފައޮތީވިއްޔާމު ކޮންމެހެން ބެޓެރިން ދޭކަށް ނުޖެހޭ. ސޯލާއިން ރަށަށް ލޯޑް ދެމުން އަދި އޭގެ އިތުރުން ބެޓްރި ޗާޖް ކުރަމުން ގެންދާނީ އަވިދީފަ އޮންނަ ދުވަހެއްގަ ވިއްޔާމު. މިހާރު އަވި ނެތީމަ މިދަނީ ސޯލާއިން ވަރަށް ކުޑަ އެއްޗެއް މި އުފައްދަނީ. ސޯލާއިން މިހާރު 26 ކިލޯވޯޓް. އެކަމަކު އާއްމުކޮށް އުފައްދާނެ 140 ކިލޯވޯޓަށް ވުރެ މަތީގަ ސޯލާއިން. އެހެންމަ އެގަޑިތަކުގަ ދާނީ ރަށަށް ލޯޑް ދެމުން އަދި ބެޓްރި ޗާޖްކުރަމުން.
އެއީ މިހާރު މި ސިސްޓަމްތައް ޑިޒައިންކޮށްފަ، ދެން އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް ދެހަފްތާތެރޭގައި 100 ޕަސެންޓް ރިނިއުބަލް، އިންޖީނު ނުހިންގާ ހަމަ މުޅި ރަށަށް ކަރަންޓް ދެވޭވަރު ފޯރު ކޮށްދިނުން. ކުރީގަވެސް އަޅުގަނޑުމެންގެ އެމް.ޑީ ވާނީ ސޯޝަލް މީޑިއާގައި މައުލޫމާތު ދެއްވާފަ ކަންނޭންގެ، 2 ގަޑިއިރަށް އެބަ ހިންގާ އިންޖީނު، އެއީ އަދި މުޅި ޕްރޮޖެކްޓް ނިމުމަށްފަހު އެ 2 ގަޑިއިރުވެސް ހިންގާކަށް ނުޖެހޭނެ އެއްޗެއް އިނގޭތޯ. އެއީ މިޙަރުވެސް އެބަ ކުރިއަށްދޭ، އަޅުގަނޑުމެން އަދި އިންޖީނުގެ އިތުރުން އާރްއޯޕްލާންޓް، އެއީ ފެން އުފައްދާ ޕްލާންޓްގަ އިތުރު ބެޓްރި ބެހެއްޓުމުގެ މަސެއްކަތް. އެއީ އަޅުގަނޑުމެންގެ އެބައޮތް ވާވަރަށް ސޯލާ ދީފަ އަދި ވާވަރަށް ވުރެ އިތުރަށް އެބަ ކަރަންޓް އުފައްދާ ދޭ. އެހެންމަ އެ އުފައްދާދޭ ކަރަންޓް އެބަޖެހޭ އަޅުގަނޑުމެން ކޮންމެސް ގޮތަކަށް ހަމައެކަނި މިހާރު އެ ރައްކާކުރެވޭ ގޮތަކަށް އެއޮތީ ބެޓެރި އެކަނި. އެހެންމަ ބެޓެރި އިތުރު ކޮށްގެން އަޅުގަނޑުމެންގެ އިތުރަށް ހަކަތަތައް ރައްކާކުރެވޭނީ. ދެން ބޭނުންވަ ގަޑިއެއްގަ ބެޓްރިން އަނެއްކަ އަނބުރާ ރައްޔިތުންނަށް ފޯރުމިކޮށްދެވެނީ. އެއީ މައިގަނޑު ގޮތެއްގަ މި ސިސްޓަމް ޑިޒައިންކޮށްފަ. ދެން މީގަ އެންމެ މުހިއްމު އެއް ބަޔަކީ އީއެމްއެސް. މުޅި ސިސްޓަމް މީ ފުލީ އޮޓޮމެޓިކް. އެހެންމަ ހަމަ އޮޓޯއިންދާނީ.
މީގެ ކުރިގަ ހުރި ޕްރޮޖެކްޓްތަކާއި މި ޕްރޮޖެކްޓާ ހުރި ތަފާތަލީ ކުރީގަ މި ދެންނެވީ އީއެމްއެސް އެއް ނެތް. އެހެންވެގެން ވާގޮތަކީ ބެޓްރި އޯވަށްލޯޑްވެގެން، ބެޓްރި އާދަޔާ ޚިލާފަށް މައްޗަށް ނަގައިގެން ބެޓްރިތައް ހަލާކުވެގެން ދިޔައީ. މީގެ ކުރީގަވެސް މިރަށް،ފާހަގަ ކުރެވޭނެކަންނޭންގެ ބެޓްރި ބަހައްޓާފަ ހުރި ރަށެއް މިރަށަކީ. އޭގެފަހުން އަހަރު ދުވަސްނުވޭ،ބެޓްރިތައް ބޭނުންކުރާ ހާލަތުން ހަލާކުވެގެން ދިޔައީ. ދެން އެއަށްފަހު މީ ހަމަ އަލަށް އީއެމްއެސް އާ މުޅި ސިސްޓަމް އޮޓޮމެޓިކް ކޮށް އޮޕަރޭޓް ކޮށްގެން، ބެޓްރިތައްވެސް އޭގެ ހާލަތު ދެނެގަނެވިގެން މުޅިން ފުލީ ކޮންޓރޯލް ކުރެވިފައިވާ ސިސްޓަމެއް، ހަމަ ޒަމާނީ ފެންވަރުގުގެ ސިސްޓަމް އެއް މިހާރު މިއޮތީ މިރަށުގަ ޤާއިމް ކުރެވިފަ.
އަޅުގަނޑުމެން މި ޓާގެޓް މިކުރަނީ، މިއަހަރު ނިމުމުގެ ކުރިން އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް 2 ހަފްތާތެރޭގައި (މަޝްރޫޢޫގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް). މިހާރުވެސް ފެބްރިކޭޓް ކުރަމުން އެގެންދަނީ ރެކްތައް، ބެޓްރިތައް ބަހައްޓާ ރެކްތައް. އެ ރެކަތައް ބެހެއްޓުމާ ގުޅިގެން އެއްކޮށް ހަމަ 100 ޕަސެންޓަށް ކޮންވާޓް ކުރެވޭނެ.
އާއްމުކޮށް ދުވާލުގަޑީގަ އަވިދީފަ އޮންނަ ހުރިހާ އިރެއްގައި ހަމަ ސޯލާއިން މި ދެނީ ރަށަށް ކަރަންޓް. އިންޖީޏަކުންނެއްނޫން. ސޯލާއިން މިދެނީ ކަރަންޓް ދެމުން ހަމަ އިތުރަށް ހަމަ ބެޓްރިވެސް ޗާޖުކުރަމުން މިގެންދަނީ.
ދެން ސޯލާއަކީ އިނގިލައްވާނެ އެއްކަލަ އަވި ދޔައީމަ އެ ދިޔައީ ދެއްތޯ؟ ދެން އޭގެ ފަހުން މި ދެނީ ބެޓްރި. ބެޓްރީގަ ސްޓޯ ކޮށްފަ ރައްކާކުރެވޭ އެނާޖީ ދެން މިދެނީ އަވި ނިއްވާލީމަ ގޭބީސީތަކަށް.
(ސްެޓެލްކޯގެ ރިނީވަބަލް އެނަރޖީ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނިޒާމް ހުކުރު ދުވަހު ވ. ރަކީދޫގަ ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގެ ތެރެއިން)
ސްޓެލްކޯއިން ރަކީދޫގަ ކުރިއަށް ގެންދާ ސޯލާއިން ކަރަންޓް އުފެއްދުމުގެ މަޝްރޫޢޫ 2 ހަފްތާތެރޭ ނިމޭނެ! އެއިރުން ވަރަށް ޚާއްޞަ ޙާލަތެއްގަ ނޫނީ ޖެނެރޭޓަރު ހިންގަން ނުވެސް ޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ