މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ މުއައްސަސާތަކަށާއި ގެސްޓްހައުސްތަކަށް މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފަ އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އެމްއައިބީން ދޭން ފަށާ އެވޯޑެކެވެ. މި އެވޯޑު ހުޅުވާލެވިފައިވަނީ މައިގަނޑު 8 ކެޓަގަރީއަކުންނެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު 8 ކެޓަގަރީ:
އެމްއައިބީން މައުލޫމާތު ދޭގޮތުގައި، މި އެވޯޑުތަކަށް އިންސާފުކުރުން އޮންނާނީ ވަރަށް ދެފުށް ފެންނަ، އަދި ހުށަހަޅާ ހެކިތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. އެކި ފަންތީގެ ގެސްޓްހައުސްތަކުގެ މެދުގައި އިންސާފުވެރި މުބާރާތެއް ބޭއްވުމުގެ ބޭނުމުގައި، ކޮޓަރީގެ އަދަދަށް ބަލައި ދެ ގްރޫޕަކަށް (ޓިއާ) ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް ވަނީ ނިންމާފައެވެ.
ޓިއާ 1: 3 ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓްހައުސްތަކަށް.
ޓިއާ 2: 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް.
މި އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެމްއައިބީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
އެމްއައިބީ "ގެސްޓްހައުސް އެވޯޑްސް" އަށް ކުރިމަތިލެވޭ އަށް ދާއިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ