ހަނިމާދޫގައި ލޯންޗެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެ، އެކަކު އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް

ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމީހަކު ފިހިއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރު ކަމަށެވެ.
އަދި މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ. ”ވޮއިސް“ އަށް މައުލޫމާތު ލިބިފައިވާ ގޮތިގައި ކެޕްޓަންގެ އަތާއި މޫނު ވަނީ ފިހިފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެ ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ