އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގީލާ ވިދާޅުވީ، ފާއިތުވި ތިން އަހަރު ވެސް ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވީ ކެންސަރު ބަލީގެ ޕޭޝަންޓުން ކަމަށެވެ.
Enterprise Development Industrial Pvt Ltd
THE BAKERS PVT LTD
MGH Group of Companies
Enterprise Development Industrial Pvt Ltd
EE YU PRIVATE LIMITED
"ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ފޮނުވިފައި ވަނީ، ކުރިން ވެސް ދެންނެވި ފަދައިން އޮންކޮލޮޖީ ނުވަތަ ކެންސަރު ބަލީގެ ފަރުވާއަށާއި ބަލީގެ ބާވަތުން ހަދަންޖެހޭ ކޮމްޕްލެކްސް ޓެސްޓުތައް ހެދުމަށް،" ގީލާ ވިދާޅުވި އެވެ.
ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ޕޭޝަންޓުންގެ ތެރޭގައި ތަކުރާރުކޮށް ފޮނުވާ ބަލިމީހުން ވެސް ހިމެނޭ ކަމަށް ގީލާ ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރޭގައި މުޅިން އަލަށް ފޮނުވުނު ފަރާތްތަކާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވާ ފަރާތްތައް ވެސް ހިމެނޭކަން ފާހަގަ ކުރަން. އަދި އަވައްޓެރި ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިން ވެސް މީގެ ތެރޭގައި ހިމެނޭކަން ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަރަށް ގިނަ އަދަދެއްގެ މީހުން ފޮނުވި ނަމަވެސް ގިނަ މީހުން ކީމޯ ތެރަޕީ ހަދަނީ ދިވެހިރާއްޖޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"2025 ވަނަ އަހަރު ކީމޯ ތެރަޕީގެ ހިދުމަތް ފަރުވާއެއްގެ ގޮތުގައި ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުން. ކީމޯ ތެރަޕީގެ ހިދުމަތް ގާއިމްވެފައިވާ އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުގައި ނުވަ އެނދު މިކަމަށް ހާއްސަ ކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި 2025 ވަނަ އަހަރު 755 މީހުން ވަނީ މި ހިދުމަތް ހޯދާފައި،" ގީލާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކެންސާ ރަޖިސްޓްރީގައި 1900 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަންހެނުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރެވެ. އޭގެ އިތުރުން ކޮލޯން ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރާއި ސާވިކަލް ކެންސަރާއި ލިވާ ކެންސަރު ވެސް ރާއްޖޭގައި ގިނަކަން ފާހަގަވެ އެވެ.
ކެންސަރު ބަލީގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި 2020 ވަނަ އަހަރު ކެންސަރު ބަލީގައި 264 މީހުން ރާއްޖޭގައި މަރުވި އެވެ.
އާސަންދައިގެ ދަށުން އެންމެ ގިނައިން ރާއްޖެއިން ބޭރަށް ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ