އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އިބްރާހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފިއެވެ.
ތޯރިގުއެ އޭޖެންސީއަށް ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމު ތޯރިގު އަދާކުރައްވާފައިވާއިރު، އޭނާ ވަނީ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް، އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދައުރު ނިމެންދެން ވެސް އެ މަގާމު އަދާ ކުރައްވާފައެވެ.
އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވީ އެޕްރީލް 14 ވަނަ ދުވަހު އެވެ.
ތޯރިގު އިބްރާހީމަކީ މިހާރު ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ތޯރިގު އައްޔަންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ