ގްރޭޓާ މާލެ އޭރިއާގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގްރޭޓާ މާލެ އޭރިއާގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން ބުނީ އަޕްގްރޭޑިން މަސައްކަތެއް ކުރާތީ މާދަމާ ހެނދުނު 6:00 އާއި 6:30 އާއި ދެމެދު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން 10 ވަރަކަށް މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މާލެއިން ހިދުމަތް މެދުކެނޑޭނީ މަޖީދީމަގާއި، ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި، ދިލްބަހާރު ގޯޅި، އަލިކިލޭގެފާނު މަގާއި، ސަހަރާމަގު، ނިޔަނދުރުގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން، ހުވަފެނީގޯޅިއާއި، ދޮނަދަރާދަ ހިނގުމުން ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ފިލިގަސްމަގު، ނިރޮޅުމަގު، ކަނީރުމަގު، ރީތިގަސް ހިނގުން، ކެލާ މަގު، ކާނިމަގު، ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9 ގެ އިތުރުން ބުރެވިގަސްމަގާއި ހަލަވެލި މަގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ