4 ދުވަސް ފަހުން ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ޒަކަރިއްޔާ މުހައްމަދު، 75، މަރުވެފައި އޮއްވާ ގދ. ގަމުން މިއަދު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ޒަކަރިއްޔާގެ ހަބަރެއް ނުވީ ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދިއުމަށް ފަހު އެނބުރި ރަށަށް ދިއުމަށް ފުރި ފަހުންނެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރި ޑައިވެއްގައި އޭނާ ދަތުރުކުރި ޑިންގީ އިއްޔެ ހެނދުނު ގައްދޫ އާއި ގަމާ ދެމެދު އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ވަނީ ފެނިފަ އެވެ.
ތަފްސީލު - ގައްދޫ ކައުންސިލްގެ މެމްބަރު އަލީ ޝަރީފު 'ދައުރު'އަށް ވިދާޅުވީ ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ މިއަދު 11:43 ހާއިރު ގަމުގެ އިރުދެކުނު ފަރާތު ކޮޅުން ކަމަށެވެ.
"ފެނުނީ އޭނާ ފެނޭތޯ ބަލަން ގަމަށް ގޮސް އުޅުނު އާންމުންގެ ދެ މީހަކަށް. ފެނުނުއިރު ވަރަށް ބޮޑަށް ހަށިގަނޑު ފުއްޕާފައި އޮތީ [ހަތަރު ދުވަސް ވީމަ]،" އޭނާ ވިދާޅުވި އެވެ.
ފެނުނު މީހުން އަދިވެސް ތިބީ ގަމުގައި ކަމަށްވުމާ އެކު އެތަނުން މީހަކާ ގުޅޭނެ ގޮތެއް އަދި ނުވެ އެވެ.
ފުލުހުން ވެސް ވަނީ ޒަކަރިއްޔާގެ ހަށިގަނޑު ފެނުނުކަން ކަށަވަރުކޮށްދީފަ އެވެ.
"ގެއްލުނު މީހާގެ ހަށިގަނޑު ގދ. ގަމުގެ ދެކުނު ފަރާތު އަތިރިމަތީގައި އޮއްވާ މިއަދު 11:43 ހާއިރު ވަނީ ފެނިފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ