ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ރާއްޖެ-ސިންގަޕޫރު އިންވެސްޓްމެންޓު ފޯރަމްގެ ތެރެއިން އެ އެމްއޯޔޫގައި ސޮއިކުރެއްވީ:
ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ސިންގަޕޫރު ކޯޕަރެޝަން އެންޓަޕްރައިޒް (އެސްސީއީ)ގެ ފަރާތުން ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ރޭ ލިއަން ޗިއު
ތަފްސީލް- މި އެމްއޯޔޫއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ހަރުދަނާ ބިންގަލެއް ގާއިމްކުރެވޭނެ ކަމަށެވެ.
މި އެމްއޯޔޫގެ މަގުސަދަކީ، އެ މިނިސްޓްރީން ބުނި ގޮތުގައި، ސިންގަޕޫރުގެ ޕަބްލިކް ސެކްޓާގެ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް
ހިންގުމަށް މަގުފަހިކުރުން ކަމަށެވެ.
މި އެމްއޯޔޫގެ ދަށުން:
ދައުލަތް ހިއްސާވާ
ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރާނެ
މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމުކުރުން؛ މީގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުން ހިމެނޭ
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި ހިންގުމުގެ ހަރުދަނާކަމާއި ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރާނެ
އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރަން ސިންގަޕޫރާ އެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ