ްޓްރީ ޓޮޕުން ފާޓިލިޓީ ޑޮކްޓަރުންނަށް ހިލޭ ދެއްކޭ ޕްރޮގްރާމެއް

ކޮންމެ އަހަރެއްގެ 25 ޖުލައިގައި ފާހަގަކުރާ ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައިގެން ދަރިމައިވުމުގެ ފަރުވާގެ (ފާޓިލިޓީ ސްޕެޝަލިސްޓް) ޑޮކްޓަރުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ހާއްސަ ޕްރޮގްރާމަކަށް ރަޖިސްޓްރީ ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެެއް؟ - މި ޕްރޮގްރާމުގެ ދަށުން 75 މީހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަން ދޭނެ އެވެ.
ތަފްސީލް - މި މި ޕްރޮގްރާމްގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ތިން ޑޮކްޓަރުންނަށް ދެއްކޭނެ އެވެ. އެއީ:
ޑރ. ޒާކިޔާ އަހްމަދު 
ޑރ. ވަރްޝާ ރެންގަރާޖް 
ޑރ. އަނީތާ ގޯރް
މި ޕްރޮގްރާމްގައި:
ހިލޭ ޑޮކްޓަރަަށް ދެއްކޭނެ 
ފަރުވާއާ ބެހޭ މައުލޫމާތު ދޭނެ 
މިހާރުގެ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާ ދޭނެ
ފާހަގަކޮށްލެވޭ - ޓްރީ ޓޮޕް ހޮސްޕިޓަލުން 2023ގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައި އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފަށާފައިވެ އެވެ. އެގޮތުން:
މިހާތަނަށް 13 މީހެއްގެ ފަރުވާ ކާމިޔާބުވެ، ދަރިން ލިބިފައިވޭ 
އޭގެ ތެރޭގައި ދެ ފަރާތަކަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވޭ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވިމެން އެންޑް ޗައިލްޑް ސެންޓަރުން ދަރިމައިވުމުގެ ފަރުވާގެ އިތުރުން، މާބަނޑު މީހުންގެ ފަރުވާ އަދި ކުޑަކުދިންގެ ހާއްސަ ފަރުވާ ވެސް ލިބެ އެވެ.
ރާއްޖޭގައި މި ފަރުވާ ލިބެން ހުރުމުން، ބޭރަށް ދަތުރުކުރުމުގެ ހަރަދު ސަލާމަތްވެ، އާއިލާ އަދި ގާތްތިމާގެ މީހުންގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބޭކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ