ދިއްފުށީ ޓޫރިޒަމް ޒޯނަށް ބިޑުކުރި މީހުނަށްވެސް މުއިއްޒުގެ އަނިޔާ!

ދިއްފުށީގައި ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން ބިން ކުއްޔަށް ދިނުމަށް މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާއިން ކުރި އެ ކައުންސިލްގެ ނަމްބަރު (IUL)332-ESD/332/2025/109 އިއުލާނާއި ގުޅިގެން 22 ފަރާތަކުން ވަނީ ބިޑު ހަށަހަޅާފައެވެ. ބިޑް ފޮތެއް ވިއްކާފައިވަނީ -/25،000ރ. އަށެވެ. ބިޑު ހުށަހެޅި 22 ފަރާތުންން ބިޑު ފޮތުގެ އަގުގެ ގޮތުގައި ދިއްފުށީ ކައުންސިލަށް ޖުމްލަ -/550،000ރ ވަނީ ލިބިފައެވެ. 
ބިޑުކުރި ފަރާތްތަކުން ބިޑު ޑޮކިއުމަންޓްތައް ހެދުމަށް ބޮޑެތި ހަރަދުތަކެއް ވަނީ ކޮށްފައެވެ. ބައެއް ފަރާތްތަކުން ލޯނުގެ ގޮތުގައި އެކި ފަރާތްތަކުން ފައިސާ ހޯދައިގެން ވެސް ބިޑު ޑޮކިއުމަންޓް ހަދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ބިޑު ޑޮކިއުމަންޓަށް 1 ލައްކަ އާއި 3 ލައްކަ ރުފިޔާއާއި ދެމެދުގެ ހަރަދުތަކެއް ކޮށްފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދެއެވެ.
ބިޑު ހުށަހަޅަން އޮތް ސުންގަޑިއަކީ މިމަހު 26 ވަނަ ދުވަހުގެ 13.00 އެވެ. އެދުވަހުގެ އެގަޑިއަށް ބިޑް ޑޮކިއުމަންޓްތައް ހުށަހެޅި ފަހުން ރައީސް މުއިއްޒުގެ  އެންގުމަށް ބިޑް ހުށަހެޅުން ވަނީ ހުއްޓުވާފައެވެ. ބިޑް ހުށަހެޅުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ބޮޑުހޭދައަކާއި ބުރަ މަސައްކަތްތަކެއް ކުރި ފަހުން މިފަދަ ނިންމުމެއް ނިންމުމުން ދިމާވާ މާލީ ބޮޑު ގެއްލުންތަކުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ. ލިބުނު ގެއްލުމަށް ބަދަލެއް ލިބޭނެ ގޮތެއް ނެތެވެ. ކުރި ހަރަދު ހޯދުމަށް ދައުވާއެއް ކުރިނަމަވެސް އެކަމަށް އިތުރު ހަރަދުތައް ހިގުމުގެ އިތުރަށް މައްސަލަ ބަލާ ނިންމަން އެތައް އަހަރު ތަކެއް ނަގާނެއެވެ. ޗާރީއަތް ނުނިމި ދިގުލައިގެން ގޮސް ޒަމާންތަކަކަށްފަހު ޝަރީއަތް ނިމޭއިރު ދިވެހި ފައިސާގެ އަގުވެއްޓީ ޑޮލަރަކަށް ހުންނާނީ 35ރ ނޫންކަމެއް ނޭގެއެވެ.
ރައްޔިތުން ދަތިތަކުން އަރައިގަތުމަށް އެކިކަހަލަ މަސައްކަތްތައް ކުރުމަށް އަވަދިނެތި އުޅޭއިރު މުއިއްޒު އާދަމް ޝަރީފު ލައްވާ ނިންމި މި އަނިޔާވެރި ނިންމުމުގެ ގެއްލުން ބަލާލަން ޖެހެއެވެ. ދިއްފުށީ ޓޫރިޒަމް ޒޯނަށް ބިޑުކުރި ގިނަ މީހުން ޓީމްތައް ހަދައިގެން 24 ވަނަ ދުވަހުން ފެށިގެން ބިޑް ހުށަހަޅަން ދިއްފުއްޓަށް ވަނީ އަރާފައެވެ،. ބިޑްތައް ބާތިލުކުރުމުން އެކަމާ ގުޅިގެން އެތައްބަޔަކު މިމަހުގެ 26 ވަނަ ދުވަހު ލޯންޗުތަކާއި ފެރީތަކުގައި ދިއްފުއްޓަށް ދިޔައެވެ. ދިޔައީ ހައްގު ހޯދުމަށެވެ. އެހެނެއް ކަމަކު މުއިއްޒުގެ ވެރިކަމުގައި އާއްމު ރައްޔިތަކަށް ލިބޭނެ ހައްގެއް އިންސާފެއް އޮންނާނެ ހެއްޔެވެ.
ބިޑު ހުށަހަޅާފައި ކައުންސިލް އިދާރާއިން ނުނިކުމެވެނީސް ބިޑް ކެންސަލް ކަމަށް ވަނީ އަންގާފައެވެ. ހަމައެއް ލަމައެއް ނެތި ރައްޔިތުންނަށް އަނިޔާވެރި ވުމަށް މުއިއްޒު ފޫގަޅާފައި ހުރުމުން ދިއްފުށީ ޓޫރިޒަމް ޒޯނަށް ބިޑްކުރި މީހުނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއްދީ ސަރުކާރުން އަނިޔާވެރިވެއްޖެއެވެ. މުއިއްޒުގެ މުށުތެރޭގައި މުޅި ދައުލަތް އޮތުމުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ