ގަތަރުގައި ދިވެހި އެމްބަސީއެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ގަތަރުގައި ދިވެހި އެމްބަސީއެއް އުފައްދަވަން ނިންމެވިކަން ރައީސް ހާމަކުރެއްވީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމަކުންނެވެ. ގަތަރަށް މީގެ ކުރިން ކަނޑައަޅުއްވާފައި ހުންނަވަނީ ނޮން ރެޒިޑެންޓް ސަފީރެކެވެ.
ރައީސް އޮފީހުން ބުނީ ގަތަރުގައި އެމްބަސީއެއް އުފެއްދީ ދިވެހިރާއްޖެ އާއި އެ ގައުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށެވެ.
ރާއްޖެ އާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ އަދި ސިޔާސީ ގުޅުން ގާއިމުކުރީ މެއި، 26، 1984 ގަ އެވެ. ނަމަވެސް ޓެރަރިޒަމާއި ހައްދުފަހަނަ އަޅާ ދިޔުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ބުނެ ގަތަރާއެކު އޮތް ގުޅުން ޖޫން، 2017 ގައި އޭރުގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމް ކަނޑައިލެއްވި އެވެ.
ގަތަރާއި ރާއްޖެއާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރީ މިދިޔަ އެމްޑީޕީގެ ސަރުކާރުންނެވެ.
ގަތަރުގައި ދިވެހި އެމްބަސީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި ގަތަރުގައި ދިވެހި އެމްބަސީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ