އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަށް ނަޒީމް އައްޔަންކޮށްފި

ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަޒީމް މިއަދު އައްޔަންކޮށްފި އެވެ.
ވީކިހިނެއް؟ - އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް އައްޔަންކޮށްފަ އެވެ.
އެހެންވެ އޭގެ ބަދަލުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނަޒީމް އައްޔަންކުރި ކަމަށް ޕީސީބީން ދެންމެ ބުންޏެވެ.
ތަފްސީލް - އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރަންދެން ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ފާހަގަކޮށްލެވޭ - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އިސްތިއުފާ ދެއްވުމުންނެވެ. އެގޮތުން:
އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވީ، އަންނަ މަހު 18ގައި އޭނާ ރިޓަޔާކުރައްވާނެކަން ކުރިން އިއުލާންކުރައްވާފައިވަނިކޮށް
އެނގިފައިވާ ގޮތުގައި މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ އެ ގޮތަށް އަމަލުކުރަން ޕީސީބީން އެންގުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ