މައްޗަންގޮޅި ސަހަރާ އާއި އިންވެގެން އޮންނަ ޕާކު ނުވަތަ ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުންނަ ބޮޑު ނިކަގަހުން ލިބޭ ފައިދާއަށްވުރެ، އެ ސަރަހައްދުގައި އުޅޭ ގެތަކުގެ ރައްޔިތުންނަށް ލިބޭ އުނދަގުލާއި ތަކުލީފު ބޮޑު ކަމުގައި ގޭބިސީއެއްގެ ވެރިއަކު ބުނެފިއެވެ.
”ބޮންތި“ ނޫހަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި އުޅޭ މީހަކު ބުނީ ގަހުގައި މާ އަޅާ ދުވަސްވަރު އެމަގުން ހިނގާފައިދާ ސްކޫލު ކުދިންގެ ޔުނިފޯމުގައި ކުލަ ޖެހުމާއި، ވެހިކަލްތަކަށް ގަހުގައި ހުންނަ ވަކިތައް ފޭބުމުގެ އިތުރުން ނަމާދަށް ދާ މީހުނަށްވެސް ގަހުގެ އުނދަގޫ ފޯރާކަމުގައެވެ.
އޭނާ ބުނީ ނިކަގަހުގެ ގޮފިތަކުން ގެތަކަށް މީދާ ވަނުމާއި، އޭނާގެ އަވަށްޓެރިންނަށް ގަހުގެ ސަބަބުން ނުވާ އުނދަގުލެއް ނެތްކަމުގައެވެ.
ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނައި ކަމުގައިވީނަމަވެސް ގަހުގެ ސަބަބުން އާންމުންނަށް ޖެހިފައިވާ ތަކުލީފަށް ނިމުމެއް ނެތް އިންތިޒާރެއް ކުރަން ޖެހުމަކީ އެ ދާއިރާގެ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި އޭނާ ބުންޏެވެ.
ޕީޓްރަލް ޕާކު ނިކަގަަސް: އަވަށްޓެރިން ބުނަނީ ނުވާ އުނދަގުލެއް ނެތް ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ