މި މައްސަލައިގެ ފެށުމަކީ، މި މެއި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއައި ފްލައިޓަކުން އެތެރެކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމެވެ. އެއާއެކު، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މެއި މަހުގެ ފަސްވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް އިތުރު 13 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ. މި އޮޕަރޭޝަންގައި ޖުމުލަ 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ފުލުހުން ގެންދަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ